Last Updated: June 5, 18:06
Friday, June 5, 2026
މުނިފޫހިފިލުވުން

ސަލްމާން ސުޕަހީރޯ ފިލްމެއް ކުޅެނީ

ބޮލީވުޑްގެ ތަރި، ސަލްމާން ޚާން ސުޕަހީރޯ ފިލްމަކަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ލޔެ، ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމަކީ ހޮލީވުޑްގެ މަގުބޫލު ސުޕަހީރޯ ފިލްމެއް ކަމަށްވާ 2008 ގެ 'ހޭންކޮކް' ސްޓައިލްގެ ފިލްމަކަށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރާޖް އެންޑް ޑީކޭ ސްކްރިޕްޓް ސަލްލާނަށް ނެރޭޓްކޮށް ދިނުމާ އެކު، ގަޔާވިލެއް ބޮޑުކަމުން ވަގުތުން އެެއަށް އޭނަ ފެހި ސިގްނަލް ދީފައިވެ އެވެ. އަދި އަންނަ މަހުގެ ތެރޭގައި މި ޕްރޮޖެކްޓަށް ވާން ޖެހޭ ތައްޔާރީތައް ރާޖް އެންޑް ޑީކޭ ފަށާނެ ކަމަށާއި ފިލްމު ހަދަން ނިންމާފައި ވަނީ ދެކުނުގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ މައިތުރީ ޕްރޮޑަކްޝަންސް އާއި ރީލް ލައިފް އެންޓަޓައިންމަންޓް ގުޅިގެންނެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ސުޕަހީރޯ ފިލްމު ވާނީ ސަލްމާނާ އެކު ރާޖް އެންޑް ޑީކޭ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ. 'ޝޯރް އިން ދަ ސިޓީ' އާއި 'ގޯ ގޯއޯ ގޯން' އަދި 'ހެޕީ އެންޑިން' އަދި ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުންގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ 'އަ ޖެންޓްލްމޭން' އެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 17 އަށް ތާވަލުކޮށްފައިވާ ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ އަ ބެޓްލް އޮފް ގަލްވާން އެވެ.