Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މާލެ އިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަމުން އަންނަނީ ޅ. ނައިފަރަށް ނިސްބަތްވާ ފާޠިމަތު ނޫރާ، 32، ކަމަށެވެ.

އޭނަ ރޭ 8:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް އާއިލާ އިން ރިޕޯޓްކުރީ ދަންވަރު 12:19 ގަ އެވެ. އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުން ހުރި ހުރިހާ ބަހާތަކަށ މައުލޫމާތު ހިއްސާކޮށް ނޫރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުުލުހުން ބުންޏެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.