Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ދޮޅު މަސްތެރޭ 72 މިލިއަންގެ ޑްރަގްސް އަތުލައިގަތް

މަސްތުވާތަކެއްކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ފާއިތުވި ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭއިން 72.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، ރާއްޖޭގައި ޑްރަގްގެ ސަޕްލައި މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށެވެ.

"އަޅުގަނޑުމެން މި ދައުރު ފަށަމުން ވެސް ދެންނެވިން، މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒަކީ ރާއްޖޭގަ މިއޮތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށް،" އިހްސާން ވިދާޅުވި އެވެ. "އެގޮތުން ސަޕްލައި ރިޑަކްޝަންގަ ކުރެވޭ މުހިންމު މަސައްކަތުގެ މިދިޔަ ދޮޅު މަހެއްހާ ދުވަހުން މިވަނީ ބޮޑެތި ނަތީޖާތަކެއް ހާސިލްކުރެވިފައި."

މިނިސްޓަރު ވިދާޅުވި ގޮތުގައި އ72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތީ، ކަސްޓަމްސް އިން ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި މިހާރު ގެންގުޅޭ ތަފާތު އެކިއެކި ހުރަނުތަކާއި، ފުލުހުންގެ އިންޓެލިޖެންސްގެ އަލީގަ ލިބޭ މައުލޫމާތުތަކަށް ބަލައިގެންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ވަނީ އަލިމަގުގެ ނަމުގައި މުޅި ރާއްޖެ އަަށް ހާއްސަކޮށްގެން އޮޕަރޭޝަނެއް ފަށައިފަ އެވެ.