ފުލުހުން އާންމުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ 'ވޯކް އެންޑް ޓޯކް' އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިފި އެވެ.
މުޅި ރާއްޖޭގައި މިދިޔަ އަހަރު ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާ އިރު، އެއް ވަގުތެއްގައި ހުރިހާ ހިސާބެއްގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:45 އިން 6:30 އަށެވެ.
މި ހަރަކާތުގެ ތެރެއިން ފުލުހުންނާ ބައްދަލުކޮށް، ހިޔާލު ބަދަލުކޮށް، އަމާން މުޖުތަމައުއެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވާން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
'ވޯކް އެންޑް ޓޯކް' މިހާތަނަށް އެކި ރަށްރަށުގައި ބާއްވާފައިވެ އެވެ. މިއީ ފުލުހުންގެ ހިދުމަތް އާންމުންނާ ވީހާ ވެސް ގާތުން ދިނުމަށްޓަކައި ހިންގޭ މުހިއްމު ހަރަކާތެކެވެ.