Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރޯދަ ހަދިޔާ އަށް ބެހީ 113،382 މަސްދަޅު ކޭސް

މި އަހަރުހެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 113،382 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ މާލޭ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރޭ ނިންމައިލި އިރު، 55،667 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި، އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް ފޮނުވީ 57،715 މަސްދަޅު ކޭހެވެ.އެއާއެކު މުޅި ޖުމްލަ 113،382 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ދިޔަ އަހަރު އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް ފޮނުވީ 60،712 ކޭހެވެ. އެހެންވެ އެއީ މި އަހަރަށް ވުރެ 2،997 ކޭހުގެ މަދުވުމެކެވެ.

މިދިޔަ އަހަރު މާލޭ ސަރަޙައްދަށް 50،525 ދޫކުރި އިރު، މި އަހަރު ދޫކުރީ 55667 ކޭހެވެ. އެހެންވެ އެއީ 5.142 ކޭހުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު މުޅި ރާއްޖެއަށް ދޫކުރީ 111،237 މަސްދަޅު ކޭހެވެ. އެއީ މި އަހަރަށް ވުރެ 2،145 ކޭސް މަދުކޮށެވެ.

ރޯދަ ހަދިޔާ އަށް ދޫކުރީ 48 ދަޅުގެ ތެޔޮމަސް ކޭހެވެ.