* ބޭނުންވާ ތަކެތި:
އަނބު (ތައްޔާރު ކުރަން ބޭނުންވާ ވަރަށް ދޮން އަނބު، ކުދިކޮށް ކޮށާފައި)
މިންޓް ފަތް
ލުނބޯ ހުތް
ސޮޑާ ވޯޓާ
މިންޓް ސިރަޕް
ފެން
އައިސް ކިއުބް
* ތައްޔާރު ކުރާނެ ގޮތް:
ޖަގަކަށް މިންޓް ފަތް އެޅުމަށް ފަހު ސަމުސަލެއް ބޭނުންކޮށްގެން ޗަސްކޮށްލާށެވެ. ދެން ހަކުރާއި ފެން އަޅައި އެއްކޮށްލާށެވެ. އަދި މަޑު ގިނީގައި ހަކުރު ވިރެން ދެން ހޫނުކޮށްލާށެވެ. ތިން ވަރަކަށް މިނެޓް ހޫނުކޮށްލުމުން ރަނގަޅުވާނެ އެވެ. ދެން ހިހޫ ވަންދެން ބަހައްޓާށެވެ. އެއަށް މިންޓް ފަތްތަކުން ރަހަ ނިކުންނަ ވަރަށް ޗަސްކޮށްލައި،ފުރާނާލަށެވެ.
އޭރުން މޮހީޓޯ އަށް އަޅާ މިންޓް ސިރަޕް ތައްޔާރުވީ އެވެ.
ދެން އެހެން ޖަގެއްގައި އަނބުކޮޅާއި ހަކުރު އެއްކޮށް ޗަސްކޮށްލާށެވެ. އެއަށް ފަހު އެ ޖަގަށް މިންޓް ސިރަޕާއި ފެލާފައި ހުރި ލުނބޯ ހުތް އަޅާލަށެވެ. ދެން އެއަށް ސޮޑާ ވޯޓާއަށް އައިސް ކިއުބް އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.
އޭރުން މެންގޯ މޮހީޓޯ ތައްޔާރު ކުރެވުނީ އެވެ.