Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އަންނަ އަހަރުގެ އައިޓީބީ ފެއާގެ ހޯސްޓަކަށް ރާއްޖެ

ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ އައިޓީބީ ބާލިން ފެއާގެ އަންނަ އަހަރުގެ އެޑިޝަން ހޯސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިހާރު ޖަރުމަނުގައި ކުރިއަށްދާ މި އަހަރުގެ އައިޓީ ބާލިންގެ ރާއްޖޭގެ ސްޓޭންޑުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ވީއެމްސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމްް ޝިއުރީއެވެ. އަދި މެސޭ ބާލިންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މާރިއޯ ޓާބިއަސް އެވެ.

ޝިއުރީ ވިދާޅުވީ، މުޅި ދުނިޔޭގައި ވެސް ޓޫރިޒަމް ދާއިރާއިން ބޭއްވޭ އެންމެ ބޮޑު އެއް ފެއާ ހޯސްޓުކުރާ ގައުމަކަށް ރާއްޖެވެގެން ދިޔައީ ފެއާގައި ބައިވެރިވާ އެހެން ގައުމުތަކާވެސް ވާދަކޮށްގެން ކަމަށެވެ. އެހެންޗެ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އައިޓީބީ ބާލިންގެ ހޯސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ހަމަޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މައުރަޒަށް ޒިޔާރަތްކުރާ އެތައް ހާސް ފަރާތްތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓި، ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެން ދާނެ ކަމެއް." ޝިއުރީ ވިދާޅުވި އެވެ.
ބޫލު ފަތުރުވެރި މަންޒިލްގެ ގޮތުގައި ދެމިއޮތުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

މީގެ 10 އަހަރު ކުރިން 2016 ގައި ވެސް ރާއްޖެއިން އައިޓީބީ ބާލިން ހޯސްޓުކޮށްފައިވެ އެވެ.