Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓްވެއްޖެ

ލ. ފޮނަދޫ ލިންކު ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކާރެއް ކޮންޓްރޯލުން ނެއްޓި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި އެކްސިޑެންޓް ހމިއަދު މެންދުރު ފަހު 3:00 ހާއިރު، ކައްދޫ ކޮޅުން ފޮނަދު އަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންނެވެ.

ބާރު ސްޕީޑްގއި ދުއްވި ކާރު ކޮންޓްރޯލުން ނެއްޓި ފުރަތަމަ ޖެހިފައިވަނީ މަގުގެ މެދުގައި އޮންނަ ބެޑްގައެވެ. އަދި ކާރު ހުއްޓިފައިވަނީ ގާތްގަނޑަކަށް 50 ވަރަކަށް ފޫޓު ދުރުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފަ އެވެ.

މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. އެ އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ދެ މީހުން ދަތުރުކުރި ނަމަވެސް، އެއާބޭގް ހުރުމުގެ ސަބަބުން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ.

ލާމު ލިންކް ރޯޑަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާ ތަނެކެވެ. އެގޮތުން ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.