Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިސްލާމްދީނަށް ފުރައްސާރަ ކުރި މީހަކު ހޯދަނީ

އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

އެ މައްސަލައިގައި ހޯދަމުން އަންނަނީ ނ. ކުޑަފަރި، ހިޔަލީގެ، ހުސައިން ޔޫސުފް (44އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު، މީސްމީޑިއާގެ ޕްލެޓްފޯމް، ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

އެ މައްސަލައިގައި ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ.

ފުލުހުން ބުނީ އޭނާ ހާޒިރު ކުރަނީ މައްސަލައިގައި ސުވާލު ކުރުމަށް ކަމަށެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފަ އެވެ.