Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ޑައިރެކްޓަރު އަމްޖޭ އައިސީޔޫގައި

ރާއްޖޭގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ސިއްހީ ހާލު ދަރެވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އޭނަ އަށް ފަރުވާ ދެމުންނ އަންނަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ. އަމް، 58، ޖޭ އޮތީ އައިސީޔޫގަ އެވެ. އެނގިފައިވާ ގޮތުގައި އޭނަ އަށް ހިތުގެ މައްސަލަތަކާއި ޕުއްޕާމޭގެ މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ.

އަމްޖޭ އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ފިލްމު ހެދި ޑައިރެކްޓަރެވެ. އަމްޖޭގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'މަޖުބޫރު ލޯބި' އާއި 'ސަނދުރަވިރޭ' ގެ ދެ ފިލްމާއި 'އުދަބާނި' އަދި 'ދޮންކަމަނަ' ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2009 ގެ 'އުދަބާނި' ގެ ދެވަނަ ބައިގެ ގޮތުގައި 2024 ގައި ގެނެސްދިން 'އުދަބާނި 2' އެވެ.

އަމްޖޭ ވަނީ ގިނަ އަދަދެއްގެ ކުރު ފިލްމުތަކެއްގެ އިތުރުން ޓީވީ ސިލްސިލާތަކާއި ވެބް ސީރީޒްތަކެއް ވެސް ހަދައިފަ އެވެ.

އޭނަ ފިލްމު ޑައިރެކްޝަނަށް ނުކުތީ 1996 ގެ ފިލްމު 'ހުރަސް' އިންނެވެ.