Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ވަށަފަރަށް ކަނޑާލިފިނޮޅު، އުނގޫފާރަށް އުނގުލު

ހއ. ކަނޑާލިފިނޮޅު އެ އަތޮޅު ވަށަފަރުގެ ބައެއްގެ ގޮތުގައި އަދި ރ. އުނގުލު އެ އަތޮޅު އުނގޫފާރުގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

އެގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ކަނޑާލިފިނޮޅު، ހއ. ވަށަފަރުގެ ބައެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ވަށަފަރު ރައްޔިތުންގެ އެދުމުގެ މަތިންނެވެ. އަދި ރ. އަތޮޅު އުނގުލު އެ އަތޮޅު އުނގޫފާރުގެ ބައެއް ކަމުގައި ހަމަޖެއްސެވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މި ބަދަލާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.