Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ތާރީހީ ހުކުރެއް، މާލޭގައި މިއަދު ހުކުރުކުރީ ޒުވާން ހަތީބުން

މާލޭގެ ހުރިހާ މިސްކިތްތަކެއްގައި އިމާމުވެ މިއަދު ހުކުރު ކުރީ ޒުވާން ޚަޠީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގެ އެންމެ ބޮޑު މިސްކިތްތައް ކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން 26 މިސްކިތެއްގައި މިއަދު ޒުވާން ޚަޠީބުން އިމާމުވެ ހުކުރުކޮށްފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޒުވާން ޚަޠީބުންނަށް މި ފުރުސަތު ދޭން ނިންމާފައިވަނީ އެ ޒުވާނުންގެ ލީޑާޝިޕް ބަލައިގަންނަކަމާއި އިސްލާމީކަންކަން ހިންގުމާއި އިސްލާމީ ޚިދުމަތުގައި އެ ޒުވާނުންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަޤީންކޮށްދިނުމަށް ކަމަށެވެ.

އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުން ކުރެވިގެންދާ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކުރެވިފައިވާއިރު އެ މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރު ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.