Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ތައިލެންޑުގެ ޖަލެއްގައި ދިވެއްސަކު މަރުވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައި މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހީމް ނަބީހު ނަސީމް އެވެ.

އިބްރާހީމް ނަބީހު ނަސީމް ތައިލެންޑުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ ޑޮން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.