Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

ބަންޑާރަ މިސްކިތް ތަޅާލައި އާ މިސްކިތެއް އަޅަނީ

މާލޭގެ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި އާ މިސްކިތެއް އަޅަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލް މީޑިއާގައި މިއަދު ވިދާޅުވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް އެޅުމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބަންޑާރަ މިސްކިތް ހުރި ތަނުގައި އަާ މިސްކިތް އެޅުމުގެ މަސައްކަތް މި ރޯދަ މަހަށްފަހު ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޝަހީމު ވިދާޅުވީ މިއާއެކު މާލޭގެ ބޮޑެތި ހުރިހާ އި މިސްކިތެެއް އާވެގެން ދިޔައީ ކަމަށެވެ.

ބަންޑާރަ މިސްކިތަކީ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ މިސްކިތެކެވެ.

ޝަހީމު ވިދާޅުވީ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއް ވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް ދީލަތި ފަރާތެއްގެ އެހީ ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ އާ މިސްކިތް އެޅުމަށްޓަކައި މި ރޯދަ މަހުގެ 27 ވިލޭރޭ ބިންގާ ވެސް އަޅާނެ ކަމަށް މިނިސްޓަރު ވިދާލުވި އެވެ. އަދި ރޯދަ މަސް ނިމުމުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށާނެ ވިދާޅުވި އެވެ.