Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ތަރާވީސް ނިމެންދެން އިމާމާ އެކު ބައިވެރިވުން

ސުވާލު: އަޅުގަނޑު ނަމާދުކުރާ މިސްކިތުގައި ވިތުރި ނަމާދު ކުރަނީ ތަރާވީޙު ނަމާދުކުރާ އިމާމެއް ނޫނެވެ. މި ޙާލަތުގައި އަޅުގަނޑު އިމާމާއެކު އިމާމާ ނިމެންދެން ނަމާދުގައި ބައިވެރިވިކަމަށް ވާނީ ވިތުރި ނިމެންދެން ބައިވެރިވުމުންތޯ ނުވަތަ ފުރަތަމަ އިމާމާ ނިމެންދެން ބައިވެރިވުންތޯ؟

ޖަވާބު: الـحَـمْدُ للهِ وَالصَّلَاةُ وَالسَّلامُ عَلَى رَسُولِ اللهِ

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު

مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ – رواه الترمذي (806) وصححه وأبو داود (1375) والنسائي (1605) وابن ماجه (1327) . وصححه الألباني في “صحيح الترمذي”

“އިމާމާއާއެކު އޭނާ ނިމެންދެން (ޖަމާޢަތުގައި) ނަމާދުކޮށްފިމީހާ އަށް މުޅިރޭ އަޅުކަންކުރުމުގެ ޘަވާބު ލިޔުއްވޭ ހުއްޓެވެ.” ގެ މުރާދަކީ ޖަމާޢަތް ނިމެންދެން ބައިވެރިވުމެވެ. ކިތަންމެ ގިނަ އިމާމުން ބަދަލުވިކަމުގައިވިޔަސް މެއެވެ. واللهُ أَعْلَمُ

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.