Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުން އައި އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ މާލޭގައި ބިދޭސީން ހަރަކާތްތެރިވާ ހަތަރު ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް 2023 ގެ ފަހުކޮޅުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުން ވެސް ގިނަ އަދަދެއްގެ މީހުން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިޮވެ އެވެ.

އެގޮތުން މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެ އެވެ.