Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އައްޑު އަށް ފްލައިޓް އިތުރު ނުކުރާތީ އައްދުގެ ނުރުހުން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް އައްޑު އަށް އިތުރު ނުކުރާތީ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއް ރަހްމާން (އައްދު) ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އައްޑު އާއި މާލެއާ ދޭތެރޭ ދަތުރުކުރަން މިފަހަކަށް އައިސް އެއްގޮތަކަށް ވެސް މޯލްޑިވިއަން ފްލައިޓުން ޖާގައެއް ނުލިބޭ ކަމަށެވެ. އެކަމަލު ފްލައިޓްތަށް އިތުރެއް ނުކުރެވޭ ތާނގައި އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތެއް ވެސް ނުދޭ ކަމަށް ވިދާޅުވި އެވެ.

ގަން އެެޕޯޓަށް ޝެޑިއުލް ދަތުރުކުރާ ހަމައެކަނި ރާއްޖޭގެ އެއާލައިނަކީ މޯލްޑިވިއަނެވެ.

އައްދު ވިދާޅުވި މި ރޯދަ މަހުގެ ފަހު 10 އާއި އީދު ބަންދަށް ވެސްް އާއިލާ ކައިރިއަށް ދާން އައްޑޫ މީހުންނަށްއެ ފުރުސަތެއް ނެތް ކަމަށެވެ.

"އަދި އީދަށް މަޑުކުރަން ބޭނުން އެތައް ބަޔަކު ޖާގަ ނުލިބުމުގެ ސަބަބުން އީދުގެ ކުރިން ފުރަން އެބަ ޖެހޭ. މިއީ ވަކި ޗުއްޓީއެއްވެގެން މިހާރު ވާ ކަމެއް ނޫން،" އޭނަ ވިދާޅުވި އެވެ. "ޑިމާންޑާ އެއްވަރަށް ދަތުރު ބޭއްވުމުގެ ގާބިލްކަން ސަރުކާރު އަދި މޯލްޑިވިއަންގައި ނެތްނަމަ އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތު ދޭން ޖެހޭ."

އައްދު ވިދާޅުވީ އައްޑޫގެ ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގެމޮނޮޕޮލ އަށް ކުޅެ މޯލްޑިވިއަން އިން އައްޑޫ ރައްޔިތުން ފެލައި ރައްޔިތުންނާ ދޭތެރޭ ހިތުހުރި އެއްޗެއް ހަދަނީ ސަރުކާރުން ބޭނުންވެގެން ކަމަށެވެ.

ފްލައިޓްތަކުގެ ދަތިކަން މިހާ އޮންނަ އިރު މި ބޭފުޅުން އަމިއްލަ ދޯންޏަކަށް ހަދާ ގޮތަށް ކެމްޕޭން ދަތުރަށް ބޯޓުތަކުގެ ޝެޑިއުލް މި ބޭފުޅުންގެ ކޮންވިނިއަންސަށް އެބަ ބަދަލުކުރޭ. މިހެން ހެދުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކަނެކޓިން ފްލައިޓްތަކަށް އަރަން ތިބި މީހުންނަށް، އައްދު ވިދާޅުވި އެވެ. ފްލައިޓް ލަސް އެބަކުރޭ ވަޒީރުންނާއި މެންބަރު ފެންވަރާ ނިމެންދެން. މީޓިން ނިމެންދެން.ކޮފީ ނިމެންދެން.

އޭނަ ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް އައްޑޫ ރައްޔިތުންނަށް އުޑުން ތަރި ބާލައިދޭ އިރު، 2023 ގައި ވެސް މިވަގުތު ވަޒީރުންނަށް ތިއްބެވި ބޭފުޅުން ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ތަރި އަދި މަޖިލިސް ލިބިއްޖެނަމަ އެންމެ ދުރުގައި ތިބި ތަރި ބާލައި ދޭނެ ކަމަށެވެ.

"ވެރިކަން ވެސް ދެވިއްޖެ، މަޖިލިސްވެސް ދެވިއްޖެ. މިހާރު ވިދާޅުވަނީ ތަރި ބޭލޭނީ ކައުންސިލް ވެސް ލިބިގެން ކަމަށް، އައްޑޫގައި ހެދުނީ ޑްރޯން ބޭސް އެއް އެކަނި. ދައުލަތުން އެތަށް މިލިއަން ޑޮލަރެއް ހަރަދުކޮށް ބޭލީ ޑްރޯން، ކޮއްދިން ހާ ކަމަކީ އެއީ،"އައްދު ވިދާޅުވި އެވެ. "ދެން ޖަލްސާ ބާއްވާފައި މި ވިދާޅު ވަނީ އެންމެ އިސްކަމެއް ދެނީ އައްޑު އަށް ކަމަށް އަދި މިފަހަރު ތަފާތު ފެންނާނެ ކަމަށް. އައްޑޫ އިސްކުރަނީ ވާހަކައިން. ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ މިވަނީ ދިން އިސްކަމައް ނެތް."

އޭނަ ވިދާޅުވީ ސަރުކާރަށް ހީވަނީ އައްޑު އަށް ބޭނުމީ ހަމަ އެކަނީ މަގާއި ކަރަންޓް ކަމަށެވެ.

"ކަރަންޓް ވެސް ބޭނުން މަގުވެސް ބޭނުން، މަސް ފެކްޓަރީ ވެސް ބޭނުން، ބްރިޖްވެސް ބޭނުން، ބޭސް އަދި ބޭސްފަރުވާ ބޭނުން، ވިދާޅުވި އައްސޭރި ޓުއަރިޒމުން ދިހަސް ވަޒީފާވެސް ވަރަށް ބޭނުން، ދެން ވައުދުވި ކަމެއްވެސް ބޭނުން،" އައްދު ވިދާޅުވި އެވެ. "ނުވީމާ ނުވާ ވާހަކަ މި ދައްކަނީ. ނުކުރީމަ ނުކުރާ ވާހަކަ މި ދައްކަނީ. އައްޑޫ މެޖޯރިޓީ އަކީ ވަޒީފާގަނޑެއް ދަށުވެ ތިބި އަމިއްލަ އެދުން ބޮޑު ބޯ ގަމާރުންކަމަށް ސަރުކާރުން ދެކިގެން ނުވާނެ. އަޅުގަނޑުމެން ސަނާ ކިޔަން ޖެހޭ ސަބަބެއް ނެތް."