އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "ދުރަންދަރު" ގެެެ ދެވަނަ ބައި "ދުރަންދަރު: ދަ ރިވެންޖް" ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި މަހުގެ 19 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މި ބައިގައި ރަންވީރު ސިންގުގެ ދެ ކެރެކްޓާއެެއް ފެނިގެން ދާނެ އެވެ. އަދި ފިލްމުގެ ޓްރެއިލާ ފުރިފައި އޮތީ ވަރުގަދަ ތަޅާފޮޅުންތަކެއްގެ ގިނަ މަންޒަޒުތަކާ އެކީގަ އެވެ.
އެހެންވެ މިއީ "ދުރަންދަރު" ކަމުދިޔަ މީހުންނަށް ހަމަ ގައިމު ވެސް ވަރަށް ކަމުދާނެ ބަޔަކަށް ވާނެ އެވެ.
މި ފިލްމަކީ އަދިތިޔާރު ދާރު ލިޔެ، ޑައިރެކްޓްކޮށްދޭ އެއްޗެކެވެ. އޭނަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 5 ގައި ސިނަމާތަކަށް ގެނައި "ދުރަންދަރު" އަކީ ބޮކްސް އޮފީހުގައި–1428 ކްރޯޑް ރުޕީސް (158.1 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ފިލްމުގެ ދެ ބައި ހަދާފައި ވަނީ 475 ކްރޯޑް ރުޕީސް (52 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"ދުރަންދަރު" ގެ މައިގަނޑު ކާސްޓުންނަކީ ރަންވީރުގެ އިތުރުން އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދްވަން އަދި ޒުވާން ބަތަލާ ސާރާ އަރުޖުން އެވެ.
ކުރީގެ ބަޔާ ހިލާފަށް ދެވަނަ ބައި ގެނެސްދެނީ ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލެގޫ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ވެސް ޑަބްކޮށްގެން ކަމަށްވާތީ "ދުރަންދަރު: ދި ރިވެންޖް" އަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދާނެ ފިލްމަކަށްވާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.