ސްކޫލްތަކަށް ހާއްސަކޮށްގެން ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ސްކޫލް އެޑިޝަންގެ ނަމުގައި ވޮލީ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
ބައިވެރިވާން އަންނަ ހަފުތާގައި ހުޅުވައިލާ މި މުބާރާތަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މިއީ މިއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރައަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
އަންނަ މަހު ފަށަން ހަމަޖެހިފައިވާ މުބާރާތް ބާއްވަން ނިންމާފައި ވަނީ ސްކޫލްތަކަށް 8 ޒޯނަކަށް ބަހާލައިގެންނެވެ.
ވީއޭއެމް އިން ބުނީ ޒޯންތަކުން ލިބޭ ތަރުހީބަށް ބަލާފައި މަދުވެގެން 4 ޓީމު ބައިވެރިވާ ނަމަ ތާވަލާއި އެއްގޮތަށް ހުރިހާ ޒޯނެއްގަ އިވެސް މުބާރާތްތައް ބާއްވާނެ ކަމަށެވެ.
އެސޯސިއޭޝަނުން ބުނީ ސްކޫލްތަކުގެ މަތީ އުމުރުފުރާތަކަށް ހާއްސަ ވޮލީ މުބާރާތެއް ބޭއްވުމަކީ ގައުމީ ޓީމުތަކަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.
ސްކޫލްތަކަށް ހާއްސަކޮށްގެން ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް ސްކޫލް އެޑިޝަންގެ ނަމުގައި ވޮލީ މުބާރާތެއް ބާއްވާ އިރު، އިންޓަ-ސްކޫލް ވޮލީ މުބާރާތަކީ ވެސް ކުރިއަށް ގެންދާ މުބާރާތެކެވެ.