ކަނޑުމަގުން ރާއްޖެ އެތެރެކުރި އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އެތަނުން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ، މި މަހުގެ 5 ވަނަ ދުވަހު މާލޭ ޕޯޓުން ކަމަށެވެ. އަތުލައިގެންފައި ވަނީ 99،000 ސިނގިރޭޓެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ނުދެ އެވެ.
ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި އުޅުނު 2 މިލިޔަން ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފަ އެވެ.