ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ ހަފުލާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ އެކަމަށްޓަކައި ބާއްވާ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގައި ކަމަށެވެ. ޖަލްސާ ފަށާނީ 9:30 ގަ އެވެ.
އެމްޑީޕީން އަންނަނީ އެޕްރީލް މަހު ބާއްވާ ދެ އިންތިހާބަށް ހޭވައްލާ ތައްޔާރުގެ ނަމުގައި މުޅި ރާއްޖޭގައި ކެމްޕޭން ކުރަމުންނެވެ. މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަުރައްވަނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ގަ އެވެ.