Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އައްޑޫގައި ޑައިވިން ދޯންޏެއްގައި ރޯވެ އަނދަނީ

އައްޑޫގައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.

އެ ދޯނި އޮތީ ފޭދުއާ ދިމާލުގަ އެވެ. ބައެއް މީހުން ވަނީ އޭގައި އަނދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ޑައިވިން ދޯނީގައި ރޯވެ އަނދަމުންދާ އިރު، ކަޅު ބޯ ދުން އަރާ ތަން ވެސް ފެނެ އެވެ.

އަދި އެއާ މާ ދުރު ނޫން ހިސާބެއްގައި އެހެން އުޅަނދުތަކެއް ވެސް އޮތް ތަން ފެނެ އެވެ.

މި ވަގުތު އައްޑޫގައި ވަރަށް ގިނަ އަދަދެއްގެ ސަފާރީތަކާއި ޔޮޓްތައް ބަނދަރުކޮށްފައިވެ އެވެ. މީގެ ތެރެއިން ވަރަަށް ގިނަ އުޅަނދުތައް ހުރީ ފޭދު އާއި މަރަދުފޭދުއާ ދިމާލު ބޭރުގަ އެވެ.

އެމްއެންޑީއެފުން ބުނީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވެގެން ސަދަން އޭރިއާ ކޮމާންޑް، ފަޔަ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިވިން ދޯނީގައި ރޯވީ ގޭސްފުޅީއެއް ގޮވުމާ ގުޅިގެންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.