ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ރަޝީދު (ހާބުރި) އަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަދެ އެެވެ
އުމުރުން 79 އަހަރުގެ ފަންނާނު ރޭގެ ވަގުތެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކުރީ ޕުއްޕާމޭގައި ފެން ހެދުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެގެން ކަމަށް އެނގިފައިވެ އެވެ.
ހާބުރި އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 80 އާއި 90 ގެ ތެރޭގަ އެވެ. އެކަމަކު އޭނަގެ ބައެއް ލަވަތަކުގެ ޅެންތަކުގެ ބަހުރުވައިގެ ސަބަބުން ބައެއް މީހުންގެ ފާޑިކިޔުންތަކާއި ނުރުހުން ހާބުރި އަށް އަމާޒުވެފައިވެ އެވެ. މިއުޒިކީ ދާއިރާގައި ހާބުރި ގާތްގަނޑަކަށް 50 އަހަރު ވަންދެން މަސައްކަތްކޮށްފައިވެ އެވެ.
އޭނަ ކިޔާފައިވާ ލަވަތަކުގެ އަދަދު 400 އަށް އަރަ އެވެ.