މާލެ، ހުޅުމާލެ އަދި ވިލިމާލެ އިންޖީނުގޭގައި ރޯކޮށްލުމަށް ތައްޔާރު ވަމުން ދިޔަ މީހަކު ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ގޭންގަކަށް ނިސްބަތްވާ އިސް މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހައްޔަރު ކޮށް ބެލި އިރު މިހާރުވެސް މިނިސްޓަރު ކަން ކުރައްވަމުން އަންނަ މިނިސްޓަރަކާއި ދެމެދު ކޮށްފައިވާ މުވާމަލާތަކުގެ މެސެޖްތައް އޭނާގެ ފޯނުން ފެނިފައިވެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލެ އިންޖީނުގެ ރޯކޮށްލުމަށް ތައްޔާރު ވަމުން ދަނިކޮށް މީހަކު ހައްޔަރު ކުރި އިރު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ގދ. ތިނަދޫ އިންޖީނުގެ ވަނީ ރޯވެ އެއްކޮށް އަނދާފައެވެ. އަދި 2014 ވަނަ އަހަރު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ ޕެނަލް ބޯޑެއްގައި ރޯވެ ވަނީ އެތައް ދުވަހަކަށް މާލެއިން ފެނުގެ ހިދްމަތް މެދުކެޑިފައެވެ.