އައްޑޫގައި އިއްޔެ މެންދުރު ފަހު ރޯވި ޑައިވިން ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިއްޔެ މެންދުރު ފަހު 1:00 އެހާކަށްހާ އިރު ރޯވީ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފަ އިއޮތް ޑައިވިން ދޯނެޏެއްގަ އެވެ. އެ
ހާދިސާގެ މަޢުލޫމާތު މެންދުރު ފަހު 1:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ހިތަދޫ ފަޔަ ސްޓޭޝަނަށް ލިބުމާއެކު ފަޔަފައިޓަރުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފަ އެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި އަޑިއަށް ދިޔައީ މިއަދު 3:30 ހާއިރު ފައެވެ.
ޑައިވިން ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ދޯނި ކައިރިކޮށްފައި އޮތް ސަފާރީ އަށް އަރައިފަ އެވެ. ރޯވި
ހާދިސާގައި އެކެއްގެ ފައި ފިހިގެން ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެ އެވެ.