ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ޖައިނަބު ވާޖިދު ޢަލީ، 25، އައި އާއި މުޙައްމަދު ނަވާޒް ދަޔަތަރު، 21، އެވެ.
އިންޑިއާ އިން ރާއްޖެ އައި މި ދެ މީހުން ވަނީ ކިލޯއަކަ ށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފަ އެވެ. އެ ތަކެތި އަތުލައިގަނެ ކަސްޓަމުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ފަސް ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.