ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލްހާން ހައްޔަރު ކުރީ ސިވިލް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބަންދުގައި ބަހައްޓައިގެން އެނާ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުމާއި ގުޅިގެން ކަމަށެވެ.
އެމްޑީޕީގެ ނައިބް ރައީސްކަމުގައި ހުންނަވަނިކޮށް އެޕާޓީން ބޭރުކޮށްލާފައިވާ އަލްހާން އަންނަނީ އެމްޑީޕީ އަށާއި ރައީސް ނަޝީދުއަށް ފާޑު ވިދާޅުވަމުންނެވެ.
\