Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ގިނަ ގައިދީންތަކެއް ޑޮކްޓަރުންނަށް ދައްކައިފި

ގައިދީންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ ބަންދު މީހުން އިއްޔެ ޑޮކްޓަރުންނަށް ދެއްކުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ކަރެކްޝަންސް އިން ބުނީ މިއީ "ފްރަންޓްލައިން ޑޭ" ފާހަގަ ކުރުމުގެ ގޮތުން ހިންގި ހާއްސަ ހަރަކާތެއް ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ގައިދީންނާއި ބަންދު މީހުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް ކޮންސަލްޓޭޝަން ފޯރުކޮށް ދީފައިވެ އެވެ.

ކަރެކްޝަންސް އިން އަބަދު ވެސް އަންނަނީ އެތަނުގެ ދަށުގައި ތިބޭ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށް ދެމުންނެވެ.