Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ހަ ކިލޯގެ ޑްރަގް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ، ހިތިލާގޭ، ޢަލީ ޢިރުފާން، 28، އާއި އިންޑިއާގެ ދެ މީހެއް ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް، 19، އާއި ކަތިރިވިލް މަނިމަރަން، 21، އެވެ.

ފުލުހުން ބުނީ މި ތިން މީހުންނަކީ މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުން ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތު މި މަހުގެ 3 ގަ އެވެ.

މި މައްސަލައާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކޮށްފައިވެ އެވެ.