Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ބޮލީވުޑުން މުހިއްމު ބައިތަކެއް އުނިވެއްޖެ: ކަރީނާ

ބޮލީވުޑުން ވަރަށް މުހިއްމު ބައިތަކެއް މިހާރު އުނިވެފައިވާ ކަމަށާއި މިހާރު ހަދާ ފިލްމުތައް އެހާ ކަމު ވެސް ނުދާ ކަމަށް މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިންޑިއާ އެޑިޝަނަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުނީ ލޯބީގެ ފިލްމުތަކާއި ހިތްގައިމު ލަވަތަކައި ނެށުންތައް ހިމެނޭ ކުލަގަދަ ހިތްގައިމު ފިލްމުތައް މިހާރު ބޮލީވުޑުން މިހާރު އެއްގޮތަކަށް ވެސް ނުފެންނަ ކަމަށެވެ.

އޭގެ ބަދަލުގައި މިހާރު ޓްރެންޑަކަށްވެފައި އޮތީ އަނިޔާވެރިކަން އިިންތިހާ އަށް ދައްކުވައިދޭ ޒާތުގެ ފިލްމުތައް ހެދުން ކަމަށް ކަރީނާ ބުންޏެވެ.

"ކްރައިމް ޑްރާމާތަކާއި ތުރިލާ ފަދަ ފިލްމުތައް ހެދުމުގެ ޓްރެންޑެއް މިހާރު މިއޮތީ،" އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބުންޏެވެ. "އެއީ އަހަންނަށް މާ ކަމުދާ ގޮތެއް ވެސް ނޫން."

ކަރީނާ ބުނި ގޮތުގައި މި ޓްރެންޑާ ހެދި އޭނަ ފަދަ ބަތަލާއިންނަށް މިހާރު ފިލްމުތަކުން މާ ރަނގަޅު، ވަރުގަދަ ރޯލުތަކެއް ވެސް ނުުލިބޭ ކަމަށެވެ. އަދި މި ފަހުން އެންމެ ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބުމަކީ ވެސް ވަރަށް ނާދިރު ކަމަކަށްވެފައިވާ ކަމަށް ބުންޏެވެ.

"ލައިޓްހާޓެޑްއޭ މި ކިޔާ ކަަހަލަ ފިލްމުތައް މިހާރު ވަރަށް ވަރަށް މަދުވެއްޖެ. އެހެންވެ އަސްލު މިހާރު މިއޮތް ޓްރެންޑާ މެދު ބިރު ވެސް ގަނޭ." ކަރީނާ ބުންޏެވެ.

ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރްގެ ކޮއްކޮ ކަރީނާގެ އެންމެ ފަހުފެ ފިލްމަކީ 2024 ގެ "ސިންގަމް އެގެއިން" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މެގްނާ ޑައިރެކްޓްކޮށް ގެނެސްދޭ ކްރައިމް ޑްރާމާއެއް ކަމަށްވާ "ދާއިރާ" އެވެ.