Last Updated: June 5, 11:07
Friday, June 5, 2026
ދުނިޔެ

ނޭޕާލްގެ ވެރިކަން ދެން ރެޕާއެެއްގެ އަތްމައްޗަށް

ބުރާސްފަތި ދުވަހު ބޭއްވި ނޭޕާލްގެ އާންމު އިންތިހާބު ރެޕާއެއްގެ ގޮތުގައި މަޝްހޫރުވި ބަލެންދުރަ ޝާހްގެ ޕާޓީ ރަސްތުރިޔާ ސުވަތަންތުރާ ޕާޓީ (އާރްއެސްޕީ) ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައިވާ އިރު، އެ ގައުމުގެ އާ ބޮޑުވަޒީރުކަން އޭނަ އަށް ލިބޭނެކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.

ނޭޕާލްގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މިހާތަނަށް ގުނި ވޯޓްތަކަށް ބަލާ އިރު، ކުރީގައި އުޅެނީ ޝާހް، 35، ގެ ޕާޓީ އެވެ. އޭނަ ބޮޑުވަޒީރަކަށްވުން ވަޑައިގަތުން ވާނީ ނޭޕާލްގެ ތާރީހުގައި ވެސް އެންމެ ޒުވާން ބޮޑުވަޒީރަށެވެ.

ނޭޕާލްގެ ޒުވާނުން މިދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައ ވެސް އިސް ރޯލެއް އަދާކުރި ޝާހަށް ގައުމު ހިންގެވުން ލިބިވަޑައިގަންނަވާ އިރު، މިހާތަނަށް ގުނި ވޯޓްތަކަށް ބަލާ އިރު، ޝާހަށް 68،348 ވޯޓު އަދި އޭނައާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ބޮޑުވަޒީރު ކޭޕީ އޮލީ އަށް ލިބިފައި ވަނީ 18،734 ވޯޓެވެ.

މި އިންތިހާބު ކުރިން ވެސް ގިނަ ބަޔަކު ލަފާކޮށްފައިވާ ގޮތުގައި އިންތިހާބު ޝާހްގެ ޕާޓީ ކާމިޔާބު ކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ނޭޕާލްގެ ސަރުކާރު ހިންގަން ލިބޭނީ ގާނޫނު ހަދާ މަޖިލީހުންގެ 275 ގޮނޑީގެ ތެރެއިން މަދުވެގެން 138 ގޮނޑި ހޯދާ ބަޔަކަށެވެ.

މި އިންތިހާބުގައި 65 ޕާޓީއަކުން 3،400 ކެންޑިޑޭޓުން ވާދަކޮށްފައިވާ އިރު، 19 މިލިއަން މީހުންނަށް ވޯޓްލުމުގެ ލިބިފައިވެ އެވެ.