Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހަ ކިލޯގެ ޑްރަގް އެތެރެކުރި ޒުވާނުންތަކެއް ހައްޔަރަށް

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މއ. ތަރިޖެހިއާގެ، މާލެ، ޢިސްމާއީލް އަބާން ޢަބްދުﷲ، 25 އާއި އައްޑޫ މަރަދޫ، ރަތްމާގޭ، އަޙްމަދު ދާން ފަރްހޫދު، 19، ކަމަށެވެ.

އެ ދެމީހުން ހައްޔަރުކުރީ ކަސްޓަމްސް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 5 ގަ އެވެ. ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެ މީހުންގެ އަތުން ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް 5 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.