Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ރޯދަ މަހުގެ ފުރަތަމަ 15 ގައި ޒަކާތަށް 5.4 މިލިއަން

މި ރޯދަ މަހުގެ ފުރަތަމަ 15 ގައި ފިޠުރު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

ޒަކާތު ހައުސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، މިއީ ފާއިތުވި ތިން އަހަރުގެ ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ފުރަތަމަ 15ގައި ޒަކާތް ލިބުނު އަހަރެވެ. އެގޮތުން މި ރޯދަ މަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތަށް ޖުމްލަ 5،482،171ރ. ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 15 ގައި 4،460،199ރ. ލިބުނު އިރު، އޭގެ ކުރީ އަހަރު 2،626،587ރ. އަދި 2023 ގެ ފުރަތަމަ 15 ގައި ލިބުނީ 2،794،579ރ. އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިން އޮންލައިންކޮށް ޒަކާތް އަންނަނީ ބަލައިގަންނަމުންނެވެ. އަދި ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށާނީ މި މަހުހެ 22 އިން ފަށައިގެންނެވެ.

ފިތުރު ޒަކާތް ދިރާގު އެޕް އަދި ވެބްސައިޓް، އުރީދޫ އެފް، ބީއެމްއެލް އެފް، އެމްއައިބީ އެޕް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދު:

* އާދައިގެ ހަނޑޫ: 12ރ.
* ތައިލެންޑް ހުދު ހަނޑޫ: 53ރ.
* ރަތް ހަނޑޫ: 96ރ.
* ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
* ބާސްމަތީ ހަނޑޫ (މޮޅު): 109ރ.
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
* އާދައިގެ ފުށް: 10ރ.
* އާޓާ ފުށް: 75ރ.

ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.