ސިފައިން ތަމްރީނު ކުރުމުގެ 73 ވަނަ ބުރު ފަށައިފި އެވެ.
ރޭ ގިރިފުށީ ޓްރޭނިން ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު ކާނަލް އިބްރާހީމް ނަވީން ޒުބައިރެވެ.
އެ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވާ ކޯހުގެ ކޮމްޕެނީ ކޮމާންޑަ އަދި ޗީފް އިންސްޓްރަކްޓަރު، ކެޕްޓަން އަޙްމަދު ވިޝާނެވެ. މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރު، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާނެވެ.
މި ބެޗްގައި 142 ދަރިވަރުން ހިމެނެ އެވެ. އޭގެ ތެރޭގައި 25 އަންހެން ދަރިވަރުން ވެސް ހިމެނެ އެވެ.