Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ނުފުރި ތިބި 164 އުމްރާވެރިން މިރޭ ފުރުވާލަނީ

ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރިތިބި 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓާ ޝަހީމް ވިދާޅުވީ، އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައިވާ ކަމަށާއި، މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެވެސް ޙައްޖު މޫސުމާއި އަދި އުމްރާގެ އަޅުކަމަށް ދާ ފަރާތްތައް އުމްރާއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭ ބައެއް ކުންފުނިތަކުން ފައިސާ ނަގާ އޮޅުވާލާ މައްސަލަ ފެންމަތިވެ އެވެ.

އެގޮތުން މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވާތީ ރައްކާތެރި ނޫން ކަމަށް ބުނެ، އެންމެ ފަހު ވަގުތު އުމްރާ ދަތުރު ކެންސަލްކުރުމާ ގުޅިގެން، އަލްއަބްރާރު ހައްޖު އެންޑް އުމްރާ ކުންފުންޏަށް ދީފައިވާ އުމްރާ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ވަނީ ހިފަހައްޓާފަ އެވެ.