Last Updated: July 11, 19:25
Saturday, July 11, 2026
ދުނިޔެ

އިރާނުގެ އާ ސުޕްރީމް ލީޑަރަކީ ހާމަނާއީގެ ދަރިކަލުން މުޖްތަބާ

އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް ހާމަނާއީގެ ދަރިކަލުން މުޖްތަބާ ހާމަނާއީ އިންތިހާބުކޮށްފި އެވެ.

އިރާނުގެ އާ ސުޕްރީމް ލީޑަރު އިންތިހާބު ކުރީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިންނެވެ.

މުޖްތަބާ ޚާމަނާއީ ،56، އަކީ އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުންނެވެ. އޭނާ އަކީ އީރާން ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

މުޖްތަބާ ޚާމަނާއީ ސަރުކާރުގެ މަތީ މަގާމެއް ފުރުއްވާފައެއް ނުވެ އެވެ.

އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އިރާނުގައި 40 ދުވަހު ހިތާމަފާޅުކުރުމަށް ނިންމައި އެކަން ވަނީ އިއުލާނުކޮށްފައެވެ.