Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

މަޑަވެލީ ބިންހިއްކުމުގެ ދެވަނަ ފިޔަވަހި ހަވާލުކޮށްފި

ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިއްޔެ އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުޔކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން 19.17 ހެކްޓަރުގެ ބިންހިއްކައި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.ދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިންހިއްކުމާއެކު މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިންހިއްކުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 174.5 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.