Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ރިއާނާގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

އެމެރިކާގައި ދިރިއުޅެމުން އަންނަ ބާބެޑޯސް އަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ގެެއަށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

މީޑިއާތަކުން ބުނީ އޭނަ އާއި ކުދިންގެ ބައްޕަ މަޝްްހޫރު ރެޕާ އޭސަޕް ރޮކީ ލޮސް އެންޖެލިސްގެ ބެވަލީ ހިލްސްގައި ދިރިއުޅެމުން އަންނަ ގެއަށް ބަޑީގެ ހަމަލާތަކެއް ދިން މައްސަލައިގައި މިހާރު އަންހެނަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށެވެ.

މިކަން ލޮސް އެންހޖެލިސްގެ ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީއޭޑީ) އިން ވެސް ކަށަވަރުކޮށް ދީފައިވާ އިރު، ރިއާނާގެ ގެއަކަށް ހަމަލާތަކެއް ދިން މައްސަލަ ރިޕޯޓްކުރީ ދަންވަރު 1:21 އެހާކަށްހާ އިރު އެވެ. ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ރިއާނާގެ ގެއަށް ހަމަލާ ދިން މީހާ އެކަން ކުރީ އެ ގެ ކައިރީގައި ވެހިކަލެއް ޕާކްކޮށްގެން އޮވެ ކަމަށާއި އޭނަ 5-7 ވަރަކަށް ފަހަރަށް ހަމަލާތަކެއް ދިން ކަމަށެވެ.

ނަމަވެސް އޭއާރް-15 ރައިފަލުން ދިން ހަމަލާތަކުގައި ގިނަ ވަޒަންތައް އަމާޒުވީ ގޭގެ ގޭޓަށާއި ބޭރު ފާރަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ އަކީ އުމުރުން 30 ވަރަކަށް އަހަރުގެ އަންހެނެކެވެ. ނަމަވެސް އޭނައާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހަމަލާ ދިން ސަބަބާ ގުޅޭ އެއްވެސް ތަފުސީލެއް ވެސް ނުލިބެ އެވެ.

ހަމަލާ ދިން މީހާ ހައްޔަރުކޮށް، އޭނަ ބޭނުން ކުރި ރައިފަލް ވެސް ފުލުހުން ހޯދައި މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީޑިއާތަކުން ބުނީ ގެއަށް ބަޑީގެ ހަމަލާތަކެއް ދިން އިރު ރިއާނާ އާއި ތިން ކުދިން ގޭގައި ތިބި ކަމަށެވެ.