Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހިތަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ބާރަށް ކުރިއަށް

އައްޑޫ ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި ސެންޓަރަކީ ގުދުރަތީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު އައްޑޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ހާއްސަކޮށްގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޠް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހިންގާ މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން، 4،338 އަކަފޫޓު ސަރަހައްދެއްގައި ސެންޓަރު އަޅަނީ ބުރިއަށެވެ. އަދި ކޮންމެ ބުރިއެއްގައި 2،368 އަކަފޫޓު ހުންނާނެއެވެ.

މި މަޝްރޫއި 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 6.50 މިލިއަން ރުފިޔާއަށެވެ.