ބޭނުންވާ ތަކެތި:
3 ޖޯޑު ރާނބާ ފަތް
½ ޖޯޑު ކާށިކިރު
2 މޭޒުމަތީ ސަމްސާ ފެން
1 ޖޯޑު ފުށް
½ 2 ސަމުސާ ބޭކިން ޕައުޑާ
2 ބިސް
½ ޖޯޑު ހަކުރު
½ ޖޯޑު ތެޔޮ
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ 180 ޑިގްރީ އަށް އަވަން ހޫނު ކުރަން ޖައްސާށެވެ.
ދެން ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާލާށެވެ. އެއަށް ފަހު ބިހާއި ހަކުރު އަދި ތެޔޮ ރަނގަޅަށް ގިރާލާށެވެ. ދެން ފުށާއި ބޭކިން ޕައުޑާ އެއްކޮށްލުމަށް ފަހު ހަތަރު ސަމްސަލުން، ހަތަރު ސަމްސަލުން ބިހާއި ހަކުރުގެ މިކްސް އަށް އަޅަމުންގެންދާށެވެ. އަދި އޭގެ ތެރެއަށް ކުރިން ހެދި ރާނބާފަތް ކިރުކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރައިލާށެވެ.
ދެން ޓްރޭއެއްގައި ތެޔޮފޮދެއް އުނގުޅުމަށް ފަހު ކޭކް މިކްސް އޭގެ ތެރެއަށް އަޅާލައި 25 މިނެޓް ވަންދެން ފިހެލާނީ އެވެ.