Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ރޯދައިގެ ފަހުން އަލިފުށީގެ އެއާޕޯޓްގެ މަސައްކަތް ފަށަނީ

ރ. އަލިފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވާން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް މި ރޯދައިގެ ފަހުން ފަށާނެ ކަމަށާއި އެކަމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

އަލިފުށީ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށީ 2022 ގަ އެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ގަ އެވެ.

މިހާތަނަށް އެތަނު ޓާމިނަލްގެ ބޮޑު ބައެއް ނިންމައި ފަޔަ ބިލްޑިންގުގެ ވެސް ބޮޑު ބައެއް ނިންމާފައިވެ އެވެ. މި މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއަކާއި އެޕްރަން އާއި ޓެކްސީވޭއަކާއި އެއާޕޯޓުގެ މަގުތައް ވެސް ހަދަން ހަމަޖެހިފައިވެ

މިއީ 426.05 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

އަލިފުށީގައި އެއާޕޯޓެއް ތަރައްގީ ކުރަނީ ބިން ހިއްކައިގެންނެވެ. އެގޮތުން އެ ރަށުން 505 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ ބިމުގެ 80 ހާއްސަކޮށްފައި ވަނީ އެއާޕޯޓަށެވެ.