މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ސަނީ ޑިއޯލްގެ ފިލްމު 'ލާހޯރް، 1947' ގެ ނަން ބަދަލު ކުރަން އުޅޭ ވާހަކަ އެ ފިލްމުގެ ޕްރޮޑިއުސަރު އާމިރު ޚާން ދޮގުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމަށް 'ބަޓްވާރާ، 1947' ކިޔަން ނިންމާފައިވާ ކަމަށެވެ. ބައެއް މީޑިއާތަކުން ބުނީ ފިލްމުގެ ނަން ބަދަލުކުރަން އުޅެނީ ޕާކިސްތާންގެ ސިޓީއެއްގެ ނަން ފިލްމަށް ކިޔާތީ އެކަމާ އިންޑިއާގެ މީހުން ހިތްހަމަނުޖެހޭތީ ކަމަށެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އިން ސުވާލު ކުރުމުން އާމިރު ބުނީ 'ލާހޯރް، 1947' ގެ ނަން ބަދަލުކުރާކަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ފިލްމުގެ ނަން ބަދަލު ކުރަން ވެސް ނޫޅޭ ކަމަށެވެ. އެކަމަކ 'ލާހޯރް' އެ ނަން ޑައިރެކްޓަރު/ޕްރޮޑިއުސަރު ސުނީލް ދަރުޝަން މާ ކުރިން ޓައިޓްލްއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން އޭނައާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.

އެހެންވެ ފިލްމުގެ ނަމަކަށް ވާނީ ހަމަ 'ލާހޯރް، 1947' ކަމަށް އާމިރު ބުންޏެވެ.
ކާސްޓްގައި ކުރީގެ ޕްރިތީ ޒިންތާ އާއި ޝަބާނާ އަޒްމީ އާއި އަލީ ފަޒަލް އާއި މިތުން ޗަކްރަބަތީގެ އިތުރުން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ހިމެނޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އޮގަސްޓް 13 ގަ އެވެ.