ޕެންޝަން އޮފީހުން މި އަހަރު ދޭން ނިންމާފައިވާ ސްކޮލަޝިޕް ފުރުސަތަށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އަންޑަގްރެއޭޓަށް ތިން ދާއިރާއަކުން ސްކޮލަޝިޕްގެ ދަށުން ކިޔެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެކްޗްއޭރިއަލް ސައިންސާއި ފައިނޭންޝަލް ރިސްކް މެނޭޖްމަންޓްގެ އިތުރުން އިކޮނޮމެޓްރިކްސް އެއެވެ.
ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުލުމުގެ ސުންގަޑި އަންނަ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4 އެވެ. މިއާ ބެހޭ އިތުރު މައުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓް އިން ލިބޭނެ އެވެ.
ޕެންޝަން އޮފީހުން ބުނީ ސްކޮލަޝިޕަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން އޮންނާނީ މެއި 17-21 އަށް ކަމަށެވެ. މިއަ ބެހޭ އިތުރު އެތަނުގެ ވެބްސައިޓް pension.gov.mv/en/scholarshipprogram އިން ލިބޭނެ އެވެ.