Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އުރީދޫން ދޭ ފުރަތަމަ އޭޓީވީ ހޮޅުދޫ މީހަކަށް

އުރީދޫ މޯލްޑިވްސް އިން އަހަރަކަށް ކުރިއަށްގެންދާ އޭޓީވީ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ނ. އަތޮޅު މީހަކު ހޮވިއްޖެ އެވެ.

އެ ނަސީބުވެރިޔަކީ ހޮޅުދޫ، ހަސަން ނިޝާން އެވެ.

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 6 އޭޓީވީ ދޭން ނިންމާފައިވާ އިތި، ކޮންމެ ދެ މަހަކުން އެއްފަހަރު ނަސީބުވެރިޔަކު ހޮވާނެ އެވެ.

އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެއް ކަމަށެވެ.

މީފައި ބައިވެރިވާން އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ހިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހެ އެވެ. އެގޮތުން ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400ރ. ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ހިދުމަތް އެކްޓިވްކޮށް ބަހައްޓަން ޖެހެ އެވެ.

މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ.

ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.

މި ކެމްޕޭން މި އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.