Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: އެވަކާޑޯ މިލްކްޝޭކް

* ބޭނުންވާ ތަކެތި:

1 ތަށި ކިރު (ފުލް ކްރީމް މިލްކް)
1 އެވަކާޑޯ (ތޮށި ނަގައި ކުދިކޮށް ކޮށާފައި)
1 ވައް ދޮންކެޔޮ (ކުދިކޮށް ކޮށާފައި)
3 މޭޒުމަތީ ސަމުސާ މާމުއި

* ތައްޔާރު ކުރާނެ ގޮތް:

މިކްސްޗަރަށް ކޮށާފައި ހުރި އެވަކާޑޯ އާއި ދޮންކެޔޮ އަޅާލާށެވެ. ދެން ފުލް ކްރީމް މިލްކް އަދި މާމުއި މިކްސްޗަރަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހުން ތައްޓަކަށް އަޅާލައި ސާވްކޮށްލާނީ އެވެ.