ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެމްބިއުލާންސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހެލްތި މިނިސްޓްރީން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރެ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.
އެމްބިއުލާންސްތައް ބަލަހައްޓަން އެމްޕީއެލްއާ ހަވާލު ކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެމްބިއުލާންސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ހަވާލުކޮށްފައި އޮތީ އެ ކުންފުންޏާ އެވެ.
އެމްޕީއެލާ ހަވާލުކޮށްގެން ގެނައި 56 އެމްބިއުލާންސް މިދިޔަ ޖެނުއަރީ މަހުގެ 17 ގައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.