އިންޑިއާގެ އެކްޓަރު ރަންދީޕް ހޫޑާ ބައްޕައަކަށްވެއްޖެ އެވެ.
އޭނަގެ އަލަތު ދަރިފުޅި ވިހެއީ މިއަދެވެ. މި ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް ރަންދީޕް ބުނީ އޭނަގެ އަންހެން ދަރިފުޅު އުފަންވީ އަންހެނުންގެ ބައްޕަގެ އުފަން ދުވަހު ކަމަށެވެ.
ރަންދީޕާއި ލިން ލައިޝްރާމް ކައިވެނިކުރީ ނޮވެމްބަރު 29، 2023 ގަ އެވެ. އަދި އެ މީހުންނަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާންކުރީ ކައިވެންޏަށް ދެ އަހަރު ފުރުނު ދުވަހު މިދިޔަ އަހަރުގެ ނޮވެމްބަރު 29 ގަ އެވެ.
މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރަންދީޕަކީ އިންޑިއާގެ އެކްޓަރުންގެ ތެރެއިން އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުން ވެސް ފުރުސަތު ލިބޭ މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ. ނެޓްފްލިކްސްގެ 2020 ގެ ހޮލީވުޑްގެ ފިލްމު "އެކްސްޓްރެކްޝަން" ގައި މުހިއްމު ރޯލެއް ކުޅުނު ރަންދީޕްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހޮލީވުޑްގެ ފިލްމު "މެޗްބޮކްސް: ދަ މޫވީ" ހިމެނެ އެވެ.
ރަންދީޕްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖާޓް" އެވެ.