Last Updated: June 7, 11:59
Sunday, June 7, 2026
ދުނިޔެ

އެމެރިކާ ސިފައިންގެ 140 މީހަކު ޒަހަމްވެއްޖެ

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކަށް އީރާނުން ރައްދުގައި މިހާތަނަށް ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 140 މީހަކު ޒަހަމްވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އަންނަނީ އަވަށްޓެރި އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ދެވުނު ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 140 މީހަކު ޒަހަމްވެފައިވާ ކަމަށާއި އޭގެތެރެއިން ގިނަ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތައް ކަމަށެވެ. އެގޮތުން ޒަހަމްވި 108 ސިފައިންގެ މީހަކު އަނބުރާ ޑިއުޓީއަށް ނިކުމެފައިވާ ކަމަށާއި ބޮޑެތި އަނިޔާތައް ލިބިފައިވަނީ ސިފައިންގެ އަށް މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިރާނުން ދިން ހަމަލާތަކުގައި މިހާތަނަށް އެމެރިކާ ސިފައިންގެ އަށް މީހަކު ވަނީ މަރުވެފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެގައުމުން ވަނީ 1،300 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.