Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ފޭދޫ ބޮޑު މިސްކިތް އޭސީ ކުރަން ފަންޑް ހޯދަނީ

އައްޑޫ ފޭދޫ މަސްޖިދުލް އަމާން (ބޮޑު މިސްކިތް) އޭސީ ކުރުމަށްޓަކައި ބޭނުންވާ ފައިސާ އެއްކުރަން ފަންޑަކަށް ހުޅުވާލައިފި އެވެ.

މިކަން ކުރިއަށް ގެންދަނީ ފޭދޫ މިޝްކާތު ފައުންޑޭޝަނާއި ފޭދޫ އަވަށު އޮފީސް ގުޅިގެންނެވެ. އެ ފަރާތްތަކުން ބުނީ މިސްކިތް އޭސީ ކުރުމަށްޓަކައި ޖުމްމަ 230،000ރ. ބޭނުންވާ ކަމަށެވެ.

އެހެންވެ މިކަމަށް ހުޅުވައިލި ފަންޑަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.

ބީއެމްއެލް އެކައުންޓް:

އެކައުންޓް ނަމްބަރު: 7770000075525
އެކައުންޓް ނަން: MISHKAT FOUNDATION

ފޭދޫ ބޮޑު މަގުގައި ހުންނަ ބޮޑު މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބިނާކުރި މިސްކިތެކެވެ. ފޭދޫގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ފާހަގަކޮށްލެވޭ އެ މިސްކިތް ހުޅުވީ 1993 ގަ އެވެ.

މީގެ ކުރިން މި މިސްކިތުގެ ސައުންޑް ސިސްޓަމް ވެސް ރަނގަޅު ކުރުމަށްޓަކައި މިޝްކާތު ފައުންޑޭޝަނުން ފައިސާ އެއްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ.