Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މަހާޒްގެ އާ ފޮތެއް ނެރެފި

ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ލިޔުއްވި އާ ފޮތެއް ނެރެފި އެވެ.

ޖަމާއަތެއްގެ ކިބައިން ގިސާސް ހިފުމުގެ ޝަރުއީ އުސޫލުތައް ރާއްޖޭގައި ތަދުބީގު ކުރަމުން އަންނަ ގޮތާމެދު ސުޕްރީމް ކޯޓުގެ އޭނަ ނެރުއްވި ފޮތުގެ ނަމަމކީ "ތަމާލުއު" އެވެ.

މި ފޮތަކީ ހަތް ޗެޕްޓަރުގެ މައްޗަށް އެކުލެވޭ 224 ސަފުހާގެ ފޮތެކެވެ.

މި ފޮތަކީ ގްރޫޕް މާރާމާރީތަކުގައި ނުވަތަ ޖަމާއަތް ހަދައިގެން މީހަކަށް ހަމަލާދީ، މަރުވާ ހާލަތުގައި ހަމަލާދިން މީހުންގެ ކިބައިން ގިސާސް ނުވަތަ މަރަށް މަރުހިފުމާ ގުޅޭ ޝަރުއީ އުސޫލުތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ.

މަހާޒްގެ "ތަމާލުއު" ތަހްސީސްކޮށްފައި ވާނީ ދެ ގޮތެއް ނުވެ، ފިސާރި ކެރިގެން ބޭއިންސާފާ ދެކޮޅަށް ތެދުވާ އެންމެނަށް ކަމަށް އޭނަ ވިދާޅުވެފައިވެ އެވެ. އޭނަ ވިދާޅުވި ގޮތުގައި ފޮތުގެ އުސޫލަކުގެ ތެރެއަށް ފީނުމުގެ ކުރިން އެންމެ ފުރަތަމަ އޭގައި ބަލާލާފައި ވާނީ އިސްލާމީ ޝަރީއަތުގައި އައިސްފައިވާ އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ މެދު އެވެ. އަދި ގިސާސް ހިފުން ވާޖިބު މަރުގެ މައްސަލަތަކަށް ވެސް އަލިއަޅުވާލާފައިވާ ހުންނާނެ ކަމަށް މަހާޒް ވިދާޅުވި އެވެ.

އެގޮތުން ތަމާލުއުގެ ވާހަކަ ތަފްސީލްކޮށް ބަޔާންކޮށް، ހަދީސް އިލްމުވެރިންގެ ބަސްމަގާއި ބަހުސްތައް އަދި ފިގުހުވެރިން ކޮށްފައިވާ ބަހުސްތަ ހިމަނައި، ތަމާލުއުގެ އުސޫލުތައް ރާއްޖޭގައި ތަދުބީގު ކުރަމުން އަން ގޮތް ވެސް ފޮތުގައި ބަޔާންކޮށްފައިވާނެ އެވެ.

"ތަމާލުއު" ފޮތް ދިވެހި ފޮތް އެޕުން އެކަނި މި ވަގުތު ލިބެން ހުރި ނަމަވެސް ވަރަށް އަވަހަށް ފޮތް ޗާޕުކުރަން ވެސް ހަމަޖެހިފައިވެ އެވެ.

މަހާޒް ކުރިން "ހުލާސާ ތަފްސީރު" ގެ ނަމުގައި ތިން ބަޔަކަށް ފޮތެއް ނެރެފައިވެ އެވެ.